ތަޢުލީމު
5 އޮކްޓޯބަރު 2026
· 1 މިނެޓުގެ ކިޔުމެއް
މުޛައްކިރާތުން ފިލްޤަޟިއްޔަތިލް ފަލަސްޠީނިއްޔަތި
މިއީ ޕްރޮފެސަރ ޑރ. މުޙްސިން މުޙައްމަދު ޞާލިޙް ލިޔުއްވާފައިވާ، ފަލަސްޠީނުގެ މުއްސަނދި ތާރީޚާއި، އެ ބިމުގެ އަހުލުވެރިންގެ ޖިހާދާއި، އަދި މިއަދުގެ ޙާލަތަށް ދާންދެން ހިނގާފައިވާ މުހިންމު ހާދިސާތައް އޮޅުންފިލުވައިދޭ ޢިލްމީ އަދި މަންހަޖީ ފޮތެކެވެ.
ލިޔުއްވީ
އިސްރާ އެޑިޓޯރިއަލް
ފޮތުގެނަން: "މުޛައްކިރާތު ފިލްޤަޟިއްޔަތިލް ފަލަސްޠީނިއްޔަތި" (ފަލަސްޠީނުގެ މައްސަލައިގެ މަންހަޖީ ނޯޓްސް)
މިއީ ފަލަސްޠީނުގެ މުއްސަނދި ތާރީޚާއި، އެ ބިމުގެ އަހުލުވެރިންގެ ޖިހާދާއި، އަދި މިއަދުގެ ޙާލަތަށް ދާންދެން ހިނގާފައިވާ މުހިންމު ހާދިސާތައް އޮޅުންފިލުވައިދޭ ޢިލްމީ އަދި މަންހަޖީ ފޮތެކެވެ. ޕްރޮފެސަރ ޑރ. މުޙްސިން މުޙައްމަދު ޞާލިޙް ލިޔުއްވާފައިވާ ފޮތެކެވެ. ﷲ އިރާދަ ކުރެއްވިއްޔާ، މި ފޮތުގެ ބައިތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވެމުންދާ ވަރަކަށް އިސްރާ އެސޯސިއޭޝަނުގެ ވެބްސައިޓަށް ލަމުން ގެންދާނަމެވެ. މި ފޮތަކީ، ދިރާސާކުރާ ފަރާތްތަކަށާއި ދަރިވަރުންނަށް ވެސް ފަސޭހައިން އޮޅުންފިލާނެހެން، ފަލަސްޠީނުގެ މައްސަލައިގެ އަޞްލާއި ފަސްފަހަތް، ވަރަށް ސާފުސީދާކޮށް ބުނެދީ، ސާފު ބަސްމަގަކުން ލިޔެފައިވާ ފޮތެކެވެ.
ފޮތުގައި ހިމެނޭ މުހިންމު ބައިތައް:
- ފުރަތަމަ ބައި: ފަލަސްޠީނުގެ ބިމާއި އެ ބިމުގެ އަހުލުވެރިންގެ ތަޢާރަފް. އިސްލާމީ ތާރީޚުގެ ކުރީގެ ދައުރުތަކުން ފެށިގެން، ފަލަސްޠީނު އިސްލާމީ ފަތަޙައިގެ ދަށަށް އައި ގޮތާއި، ޞަލީބީންނާއި ތަތާރުންގެ ވަކިތަކުން އެ ބިން މިނިވަންކުރުމަށް ކުރެވުނު މަތިވެރި ޖިހާދު.
- ދެވަނަ ބައި: ޢުޘްމާނީ ޚިލާފަތުގެ ފަހުކޮޅުން ފެށިގެން އިނގިރޭސި އިސްތިޢުމާރުގެ ދައުރު ނިމުމާއި އަދި ޣައިރުޤާނޫނީ ޒަޔަނިސްޓު ދައުލަތް އުފެއްދުމާއި އަދި އެ މަޝްރޫޢާ ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރި މިންނެތް މަސައްކަތްތަކާއި ދެއްކި ސާބިތުކަން.
- ތިންވަނަ ބައި: ޢަރަބި-އިސްރާއީލް ހަނގުރާމަތަކާއި، މައްސަލަ ޙައްލުކުރަން ސުލްހައިގެ މަޝްވަރާތައް ކުރިއަށްދިޔަ ގޮތް.
- ހަތަރުވަނަ ބައި: ޒަޔަނިސްޓު އިސްތިޢުމާރީ މަޝްރޫޢާ ދެކޮޅަށް އިސްލާމީ ޙަރަކާތްތަކުން ކުރިއަށްގެންދިޔަ ދެކޮޅުވެރިކަމުގެ ހަރަކާތްތަކާއި ވަކިން ޚާއްޞަކޮށް، މި ދިފާޢީ ޖިހާދުގައި އިޚްވާނުލް މުސްލިމީން ޖަމާޢަތާއި ޙަމާސް ޖަމާޢަތުން އަދާކުރި މުހިންމު ދައުރު. (ނުނިމޭ)
ﷲ އިރާދަ ކުރެއްވިއްޔާ، މި ފޮތުގެ ބައިތައް ދިވެހި ބަހަށް ތަރުޖަމާ ކުރެވެމުންދާ ވަރަކަށް މި ސައިޓަށް ލަމުން ގެންދާނަމެވެ.